logoEN
Sto top
ކުރިއަށް ދެ އަހަރެއްގެ ތެރޭ، އަންހެނުންގެ ކޮމިޓީތަކަށް އެކަށީގެންވާ ޙައްލު މި ސަރުކާރުން ގެނެސްދެއްވާނެ!

ކުރިއަށް ދެ އަހަރެއްގެ ތެރޭ، އަންހެނުންގެ ކޮމިޓީތަކަށް އެކަށީގެންވާ ޙައްލު މި ސަރުކާރުން ގެނެސްދެއްވާނެ!

އަހުމަދު ޝުރާއު

logo

4/29/2025, 5:35:17 PM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

ކުރިއަށް ދެ އަހަރެއްގެ ތެރޭ، އަންހެނުންގެ ކޮމިޓީތަކަށް އެކަށީގެންވާ ޙައްލު މި ސަރުކާރުން ގެނެސްދެއްވާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Wamco

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން މިއަދު ފެށި އަންހެންވެރިންގެ ސައްލާ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި އަންހެނުންގެ ކޮމިޓީތަކުގެ ދައުރު އަދާކުރުމުގައި ހުރި ގޮންޖެހުންތަކާއި، މުވައްޒަފުންގެ ދަތި ކަމާއި، ޖާގައިގެ ދަތިކަމަށް ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭ އެކަށީގެންވާ ޙައްލު ލިބިގެން ދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މިހާރު ފެށިފައިވާ ކައުންސިލް ޢިމާރާތްތައް އަޅައި ނިމޭ އިރު ޖާގައިގެ ދަތިކަން 70 އިންސައްތަ ކޮމިޓީއަށް ޙައްލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮމިޓީތައް ބާރުވެރިވެ، އަމިއްލަ އުފެއްދުންތެރިކަމުގެ ކޮމިޓީތަކަކަށް ވުމުގެ ވިސްނުމާއި، އާމްދަނީ ހޯދޭނެ މަގުތައްކޮށައި، އަމިއްލަ ފުދުންތެރިކަމުގައި ހިންގޭ ކޮމިޓީތަކަކަށް ވުމަށް މަސައްކަތްކުރުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

މިއަދު ފެށުނު "އަންހެންވެރިންގެ ސައްލާ" މާދަމާގެ ނިއަލަށް ކުރިއަށް ދާނެއެވެ. މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން ކުރިއަށް ގެންދާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside