
--
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް އެޗްޑީސީން އިން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ "މައި ހުޅުމާލޭ ފެސްޓިވަލް" ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކާއެކު ބާއްވާ މި ފެސްޓިވަލް 10 މެއި 2025 އިން ފެށިގެން ހަފްތާއަކަށް ދިގުދެމިގެންދާނެކަމަށެވެ.
އެގޮތުން، އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ހާއްސަ ހަރަކާތްތައްވެސް ހިމެނޭނެއެވެ.
އެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީފޮޓޯ މުބާރާތް އާއިލީ ކާނިވަލް، ހުޅުމާލޭ ޑިސްކައުންޓް ވީކް ، ހެލްތް ކޭމްޕް ، ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކް ، މަސްރޭސް ، ސައިކްލިން ޗެމްޕިއަންޝިޕް އަދި ބީޗް ފެސްޓު ހިމެނެއެވެ.
ހުޅުމާލޭގައި މީހުން އާބަދުވީ 2004 ވަނަ އަހަރުގެ މޭމަހުގެ 12 ވަނަ ދުވަހު އެވެ. ހުޅުމާލޭގައި މީހުން އާބާދުކުރުމަށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމަވައި އެރަށް ހިކަން ފެށުނީ 1997 ގައި އެވެ. އޭރު ހުޅުމާލެ މެނޭޖްކުރަމުން ދިޔައީ ރައީސް އޮފީހުގައި އުފެއްދި ހުޅުމާލެ ޑިވެލޮޕްމެންޓު ޔުނިޓުންނެވެ. ފަހުން އެޔުނިޓުގެ ނަން ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަނަށް ބަދަލުކުރި އެވެ.
ގުޅުންހުރި

ހުޅުމާލެއަށް 21: އާއިލީ ކާނިމަލް އަންނަ ހޮނިހިރު ދުވަހުގެ ހަވީރު!

ހުޅުމާލެއަށް 21: މަސް ރޭހުގައި ބައިވެރިވުމަށް ހުޅުވާލައިފި

އެމްޑަބްލިއުއެސްސީ ޓަވަރުތަކުގެ ކޮންމެ އެޕާޓްމެންޓަކުން މާދަމާ 30 މިނިޓަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ
