
-
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެގެން ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެއިން މާލެ އަށް ހައިވޭއިން ދަތުރުކުރި ސައިކަލެއް ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ރިޕޯޓުކުރީ މިރޭ 18:48 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
އެގޮތުން އެމީހާގެ ބޯ ފަޅައިގެން ގޮސް އަތަށްވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ފޭސް 3ގެ ބިން ހިއްކުމުގެ 87 އިންސައްތަ މަސައްކަތް ފުރިހަމަވެއްޖެ

ސަފާރީއެއްގައި ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޯތިތަކުގެ ގުރުއަތު ނަގައިފި

.gif&w=3840&q=75)



