
ކުނި މެނޭޖްކުރުމުގެ ތަމްރީނުތަކަކަށް 14 ރަށެއްގެ ކައުންސިލް މުވައްޒަފުން އިންޑިއާއަށް!
# އެންވަޔަރަމަންޓް މިނިސްޓްރީ-
ރާއްޖޭގެ 13 ރަށެއްގެ ކައުންސިލް މުވައްޒަފުން ކުނި އަދި ވަސީލަތްތައް މެނޭޖްކުރުމުގެ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިޔާއަށް ފުރައިފިއެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން މިއަދު ބުނީ އިންޑިއަށް ފުރި މުވައްޒަފުންނަކީ ޒޯން 2، 4 އަދި 5 ގެ ރަށްތަކުން ބައިވެރިވާ14 މުވައްޒަފުން ކަމަށެވެ.
މުވައްޒަފުން ފުރުމުގެ ކުރިން، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމް ވަނީ ބައިވެރިންނާ ބައްދަލުކޮށް މި މުހިންމު ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ބާރުއަޅުއްވާފައެވެ.
4 ދުވަހުގެ މި ޕްރޮގްރާމް ކުރިއަށްދާނީ އޭޕްރިލް 29 އިން މެއި 2 އަށް، އިންޑިޔާގެ އައި.ސީ.ޑަބްލިއު.އެމް.އާރު، ޓީ.އީ.އާރް.އައި ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގައެވެ. މި ތަމްރީނުން ބައިވެރިންގެ ކުނި މެނޭޖްކުރުމުގެ ހުނަރު އިތުރުވެ، އެ ފަރާތްތަކުގެ ރަށްތަކުގައި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނި މެނޭޖްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި މި ތަމްރީނުން ލިބޭ މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ބައިވެރިވާ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރަށްރަށުގެ ތިމާވެށި ސާފުތާހިރުކޮށް ބެލެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ކުނި މެނޭޖްކުރުމުގެ ތަމްރީނުތަކަކަށް 14 ރަށެއްގެ ކައުންސިލް މުވައްޒަފުން އިންޑިއާއަށް!

ލ. ފޮނަދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ކުރިޔަށްގެންގޮސްފި

އެންދެރި މަޝްރޫޢުގެ ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
