
ފަސް މިލިއަން ގަސް ޕްރޮގްރާމްގެ އޮފިޝަލުން ޗައިނާގެ ނާސަރީތަކަށް ޒިޔާރާތްކޮށްފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
ފަސް މިލިއަން ގަސް ޕްރޮގްރާމްގެ އޮފިޝަލުން، ޗައިނާގެ ޕީޕަލްސް ރިޕަބްލިކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ފުޖިއަން އަދި ޒަންގްޒޯ ސިޓީތަކުގެ ނާސަރީތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވޭ ދަތުރެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އަތީފް އިސްކޮށް ހުންނަވައިގެން ކުރައްވާ މި ދަތުރުފުޅުގައި، ޗައިނާގެ ގަސް އިންދުމާއި ބެލެހެއްޓުމުގެ ދާއިރާގައި ކުރިއަރާފައިވާ ޓެކްނޮލޮޖީތަކާއި އުކުޅުތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުޖިއަން އަދި ޒަންގްޒޯ ސިޓީތަކުގެ ނާސަރީތަކަށް ކުރެއްވި ޒިޔާރަތުގައި، ދިވެހި ވަފުދުން އެ ތަންތަނުގައި ގަސް އުފައްދާ ގޮތާއި، ބަލަހައްޓާ ގޮތުގެ މައުލޫމާތު ހޯދައި ދިވެހިރާއްޖޭގެ މޫސުމާ ގުޅޭ ގަސްތައް އުފެއްދުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ތެރެއިން ކުރިއަށްގެންދާ ފަސް މިލިއަން ގަސް ޕްރޮގްރާމަށް މި ދަތުރުފުޅުން ލިބޭނެ މަޢުލޫމާތާއި ތަޖުރިބާ މުހިންމުވާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެއެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުވެގެންދާނެކަމަށްވެސް ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ކުނި މެނޭޖްކުރުމުގެ ތަމްރީނުތަކަކަށް 14 ރަށެއްގެ ކައުންސިލް މުވައްޒަފުން އިންޑިއާއަށް!

ލ. ފޮނަދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ކުރިޔަށްގެންގޮސްފި

އެންދެރި މަޝްރޫޢުގެ ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
