
އެންދެރި މަޝްރޫޢުގެ ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
# އެންވަޔަރަމަންޓް މިނިސްޓްރީ--
އެންދެރި މަޝްރޫޢާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ތަޢާރަފް ކޮށްފައިވާ ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު މި ހިނގާ އެޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މި ކޯހަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ފަންނީ މީހުން އުފެއްދުމަށް ރޭވިފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ.
ފުރަތަމަ ބުރު ލާމު އަތޮޅުގައި ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ލާމު އަތޮޅުގެ ކޮންމެ ރަށަކުން އެއް ބައިވެރިއެއް ހޮވުމަށް، އަދި އަންހެން ބައިވެރިން ހޮވުމަށް އިސްކަންދޭނެކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެއެވެ. މި ކޯހުގައި ޖުމްލަ 20 ޖާގަ ހުޅުވާލާފައިވާއިރު، ހޮވޭ ކޮންމެ ފަރާތަކަށްވެސް އެލަވަންސްގެ ގޮތުގައި 4500 ރުފިޔާ ދޭން ވަނީ ނިންމާފައި އެވެ. އަދި މި ކޯހުގައި ނިޔަމި 2 ގެ ސެޓްފިކެޓް ވެސް ދޭނެ އެވެ.
މި ކޯހަކީ ރާއްޖޭގެ ޤުދުރަތީ މާޙައުލު ހިމާޔަތްކުރުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން އުފެއްދުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ކޯހެކެވެ. ކޯހުގެ ސަބަބުން ރަށްރަށުގައި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ފަރާތްތައް އިތުރުވެ، ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
މި ކޯހާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ޤައުމީ ޔުނިވަރސިޓީގެ ވެބްސައިޓަށް ނުވަތަ އެންދެރި މަޝްރޫޢުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ކުނި މެނޭޖްކުރުމުގެ ތަމްރީނުތަކަކަށް 14 ރަށެއްގެ ކައުންސިލް މުވައްޒަފުން އިންޑިއާއަށް!

ލ. ފޮނަދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ކުރިޔަށްގެންގޮސްފި

އެންދެރި މަޝްރޫޢުގެ ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
