logoEN
Sto top
ރާއްޖެއިން ބޭރުގައި ފުރަތަމަ ފަހަރަށް އައިޑީކާޑާއި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި: ފުރަތަމަ ގައުމަކަށް މެލޭޝިއާ!

ރާއްޖެއިން ބޭރުގައި ފުރަތަމަ ފަހަރަށް އައިޑީކާޑާއި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި: ފުރަތަމަ ގައުމަކަށް މެލޭޝިއާ!

އަހުމަދު ޝުރާއު

logo

4/28/2025, 4:20:26 PM

# ރާއްޖެ - މެލޭޝިއާ

--

މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށައިފިއެވެ.

Wamco

މިއީ ރާއްޖޭއިން ބޭރުގައި މި ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމެވެ. މި ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅެމުންދާ ދިވެހިންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގައެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މި ދެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު އައިޑީ ކާޑު އަދި ޕާސްޕޯޓު ވަނީ ދެ ފަރާތަކާ ހަވާލުކޮށްފައެވެ. ޕާސްޕޯޓު އަދި އައިޑީކާޑު ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

މެލޭޝިޔާގެ ކުއާލަލަމްޕޫރުން މިހާރު ދިވެހި އީ-ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެއެވެ. މިކަމުގެ މަޤްސަދަކީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މި ހިދުމަތް މާދަމާއިން ފެށިގެން ލިބޭނެއެވެ.

މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.

ރައްޔިތުންނާ ގާތުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިހާރުވަނީ ޤާއިމުކޮށްފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް އިމިގްރޭޝަން އަދި ޑީއެންއާރުން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside