logoEN
Sto top
ރާއްޖެއާއި މެލޭޝިއާއި ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި

ރާއްޖެއާއި މެލޭޝިއާއި ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި

އަހުމަދު ޝުރާއު

logo

4/28/2025, 8:57:14 AM

# ރާއްޖެ - މެލޭޝިއާ

--

ދިވެހި ރާއްޖެއާއި މެލޭޝިއާއި ދެމެދު ރަސްމީ މަޝްވަރާތައް މިއަދު ބާއްވައިފި އެވެ.

Wamco

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އިސްވެ ހުންނަވައިގެން ބޭއްވެވި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޕުތުރާ ޕެރަޑަނާ، ޕުތުރާޖަޔާގައެވެ.މަޝްވަރާތަކުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުޞަތުތަކަކާއި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދިގު މުއްދަތުގެ ޕާޓްނަރޝިޕެއް ޤާއިމުކުރުމަށްޓަކައި ދެޤައުމުގެ ދެމެދުގައި ރަނގަޅު ގުޅުމެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރަސްމީ ވާހަކަފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެއްބާރުލުން ދިނުމަށް ރައީސް ކަނޑައަޅުއްވާފައިވާ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މެލޭޝިޔާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި އެ ދާއިރާތަކާ މެދު ވިސްނާނެކަމުގެ ޔަޤީންކަން ރައީސްއަށް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މެލޭޝިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރަސްމީ ދަތުރުފުޅުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ މެމޮރެންޑަމްސް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ) ތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ކަންކަމުގެ ސަބަބުން ދެޤައުމުގެ ގުޅުމަށް ފައިދާކުރާނެކަން ފާހަގަކުރައްވައި، އިތުރަށް އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ މެލޭޝިއާއިން ދިވެހި ރައްޔިތުންނަށް ވިސާހޯދުމުގައި ހަމަޖައްސާފައިވާ ލުއި ފަސޭހަތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މެލޭޝިއާއިން އުފެއްދުންތައް ރާއްޖެ ގެނައުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ. ރައީސްގެ ވާހަކަފުޅުގައި، އިންފޮމޭޝަން ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ ފުޅާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ދެ ބޭފުޅުން ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside