
--
ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މެލޭޝިއާގެ އެކޮނޮމިކް މިނިސްޓަރު ޒަފަރުލް އަޒީޒް އާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ރައީސްގެ އަރިހުގައި މިނިސްޓަރު ސައީދުވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އެކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މިއަދު ބޭއްވިރާއްޖެ-މެލޭޝިއާ ބިޒްނަސް ފޯރަމްގެ ކުރިން މިނިސްޓަރ ސަޢީދު މެލޭޝިޔާގެ މިނިސްޓަރ އޮފް އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ، އެގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.
މިދިޔަ އަހަރު މެލޭޝިއާއިން ރާއްޖެއާއެކު ކުރި ޖުމްލަ ވިޔަފާރީގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 4.3 އިންސައްތަ ވަނީ އިތުރުވެފައި އެވެ. އެގޮތުން 2024 ވަނަ އަހަރު މެލޭޝިއާއިން ރާއްޖެއާއެކު ކުރި ޖުމްލަ ވިޔަފާރީގެ އަދަދު 189 މިލިއަން ޑޮލަރު އަށް އަރާފައިވާއިރު، 2023 ވަނަ އަހަރު މެލޭޝިއާއިން ރާއްޖެއާއި އެކު ކުރި ވިޔަފާރީގެ ޖުމުލަ އަދަދު އުޅެނީ 180.9 މިލިއަން ޑޮލަރު ގައި އެވެ.
ރައީސް މެލޭޝިއާއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެކި ދާއިރާާތަކުން ގުޅުންތައް ވަރުގަދަ ކުރުމަށް ފުޅާ މަޝްވަރާތަކެއް ވަނީ ކޮށްފައި އެވެ. އަދި މެލޭޝިއާއިންވެސް ވަނީ ގުޅުންތައް އިތުރަށް ބަދަހިކުރަން ވައުދުވެފައި އެވެ.
ގުޅުންހުރި

ރާއްޖެއިން ބޭރުގައި ފުރަތަމަ ފަހަރަށް އައިޑީކާޑާއި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި: ފުރަތަމަ ގައުމަކަށް މެލޭޝިއާ!

ރާއްޖެ އާއި މެލޭޝިއާ އާއި ދެމެދު ގުޅުންތައް ހަރުދަނާ ކުރުމަށް ދެ ޤައުމުން ޢަޒުމު ކަނޑައަޅައިފި

ރާއްޖެއާއި މެލޭޝިއާއި ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި
