
-
ބޭންކް އޮފް މޯލްޑިވްސްއިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިންގް ފެސިލިޓީއެއް މިއަދު ތަޢާރަފުކޮށްފައެވެ.

އެބޭންކުން މިއަދު ބުނީ މި ފެސިލިޓީގެ ދަށުން ބިމާއި ވިޔަފާރި ބޭނުންތަކަށް އިމާރާތާއި ގަރާޖު ގަތުމަށް ފައިނޭންސިންގް ލިބޭނެ ކަމަށެވެ. އެގޮތުން މި ފައިނޭންސިންގް ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 30 މިލިއަން ރުފިޔާއާ ހަމައަށް، 12 އިންސައްތައިގެ ރޭޓެއްގައި، ގްރޭސް ޕީރިއަޑެއް ހިމެނޭހެން އަނަބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ލިބޭނެކަމަށް ބޭންކުން ބުނެއެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކޮމާޝަލް ޕްރޮޕަރޓީ ފައިނޭންސިންގް ފެސިލިޓީ ފަރުމާކޮށްފައިވަނީ އޮފީސް ޖާގަ އާއި ގުދަން ފަދަ ތަންތަން ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުވުމަށް ކަމަށެވެ.
"މި ފައިނޭންސިންގް އާއެކު ވިޔަފާރިތަކަށް ކުރިއެރުމާއި ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރެވޭނެ އައު މަގުތަކެއް ހުޅުވައިދޭނެ." ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ މި އައު ޕްރޮޑަކްޓް ފަރުމާކޮށްފައިވަނީ ވިޔަފާރި ފުޅާކުރުމަށާއި، އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓަށް އަދި ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ މާލީ ހައްލުތައް ފަސޭހައިން ލިބޭނެ ހޯދުމަށް މަގުފަހިކޮށްދިނުމަށެވެ.
މީގެ އިތުރުން، ބީއެމްއެލްއިން އެކި ވިޔަފާރީގެ ބޭނުންތަކަށް އަމާޒުކޮށްގެން ވިޔަފާރި ތަރައްޤީކުރުމުގެ ލޯނާއި ފައިނޭންސިންގ، އެސްއެމްއީ ފައިނޭންސިންގ، ޓްރޭޑް ފައިނޭންސް އަދި ވަރކިންގ ކެޕިޓަލް ފެސިލިޓީތައް ފޯރުކޮށްދެއެވެ.
ގުޅުންހުރި

މަސްވެރީންނަށް އުފާވެރި ދުވަހެއް: ބީއެމްއެލްއިން ކްރެޑިޓް ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ބީއެމްއެލްއިން ކޮމާރޝަލް ޕްރޮޕަޓީ ފައިނޭންސިންގް ތަޢާރަފްކޮށްފި

ބީއެމްއެލްގެ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށްފި: އަހަރުގެ އެންމެ ރަނގަޅު މުވައްޒަކަށް ޚުޒާޢަތު!
