
ބީއެމްއެލްގެ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށްފި: އަހަރުގެ އެންމެ ރަނގަޅު މުވައްޒަކަށް ޚުޒާޢަތު!
# ބީއެމްއެލް--
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

ކްރޮސްރޯޑްގައި ބޭއްވި ސްޓާފް އެވޯޑް ނައިޓުގައި އެކުންފުނީގެ އެމްޕްލޯއީ އޮފް ދަ އިޔަރގެ ޝަރަފުވެރި އެވޯޑު ހާސިލްކުރީ ޑިރެކްޓަރ އޮފް ފައިނޭންޝަލް ޓްރާންސެކްޝަންސް ، ޚުޒާޢަތު ޢަލީ އެވެ.
އަދި ހުސައިން ރަޝީދު، ހެޑް އޮފް ކަސްޓަމަރ އެންގޭޖްމެންޓް އާއި އަބްދުﷲ ސޮބާހް، ހެޑް އޮފް ޕްރިމިއަމް ބޭންކިންގ ވަނީ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފައެވެ. ލީޑަރޝިޕް އެކްސެލެންސް އެވޯޑު ހޯދާފައިވަނީ މުހައްމަދު ސާވީ ފަތުހުﷲ، އިން ޗާޖް އޮފް ޑިޖިޓަލް – ޓެކްނޮލޮޖީ ޑިވިޝަން އެވެ.
މީގެ އިތުރުން ވޭތުވެދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި މުވައްޒަފުންނާއި ޓީމްތަކަށް، ބެސްޓް ޑިވިޝަނަލް އެމްޕްލޯއީ، އިމާޖިންގ ޓެލެންޓް، ކަސްޓަމަރސާވިސް އެކްސެލެންސް، އައުޓްސްޓޭންޑިންގ ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓް ފަދަ ގިންތިތަކުން އެވޯޑުތައް ދެވުނެވެ.
މި އެވޯޑުތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އަދި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނެވެ.
ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް މި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައި ބޭންކުގެ ކާމިޔާބީތަކުގައި މުވައްޒަފުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި ބޭންކުގެ އެންމެ އަގު ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ ހިތްވަރާއި، އުފެއްދުންތެރިކަމާއި، ސާބިތު އަޒުމަކީ، ކުންފުނީގެ ކާމިޔާބީގެ ބިންގާ ކަމަށް ވިދާޅުވިއެވެ.
"ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި، ފްލެކްސިބަލް މަސައްކަތުގެ އިންތިޒާމްތަކާއި، މުވައްޒަފުންގެ އެކި ބޭނުންތަކާ އެއްގޮތްވާގޮތުގެ މަތީން ތަފާތު ޕްރޮގްރާމްތައް އަޅުގަނޑުމެން ވަނީ ތަޢާރަފްކޮށްފައި. މި ބަދަލުތަކުން ދައްކުވައިދެނީ ކޮންމެ މުވައްޒަފަކަށްވެސް ކުރިއެރުން ލިބޭނެ މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން." ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއެކު ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާ ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތަކެއް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.
ގުޅުންހުރި

މަސްވެރީންނަށް އުފާވެރި ދުވަހެއް: ބީއެމްއެލްއިން ކްރެޑިޓް ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ބީއެމްއެލްއިން ކޮމާރޝަލް ޕްރޮޕަޓީ ފައިނޭންސިންގް ތަޢާރަފްކޮށްފި

ބީއެމްއެލްގެ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށްފި: އަހަރުގެ އެންމެ ރަނގަޅު މުވައްޒަކަށް ޚުޒާޢަތު!
