
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި
# ކަސްޓަމްސް ސާވިސަސް--
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ހުޅުމާލޭ ސިކާގޯ ޓާމިނަލުން ރާއްޖެ އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިގްރޭޓް ރޭ އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަނީ އަތުލައިގެންފައެވެ.
މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުންވެސް ބަހެއް ބުނެފައިނުވެއެވެ.
ދާދި ފަހުންވެސް ކަސްޓަމްސްއިން ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓުވެސް އަތުލައިގެންފައި އެވެ. އެގޮތުން މުޅި ޖުމްލަ 130،155 ސިނގިރޭޓު އެ އޮޕަރޭޝަންގައި ވަނީ އަތުލައިގެންފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތެރޭންވެސް ހުއްދަ ނެތި ސިނގިރޭޓް ބޭރުކުރަން އުޅުނު ދެ މީހަކުވެސް މިދިޔަ މަހު ވަނީ އަތުލައިގެންފައި އެވެ.
ގުޅުންހުރި

ކަސްޓަމްސް ޚިދުމަތްތަކުގައި ލުއިދޭ ޕްރޮގްރާމުގެ ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓު!

ކަސްޓަމްސްގެ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދެނީ
.webp&w=3840&q=75)
ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމުގައި އަވަހަށް ރަޖިސްޓްރީވުމަށް ކަސްޓަމްސްއިން އެދެފި
