logoEN
Sto top
މާލެއިން އަންހެނަކު ގެއްލިގެން ހޯދާތާ ހަފްތާއެއް ވަނީ

މާލެއިން އަންހެނަކު ގެއްލިގެން ހޯދާތާ ހަފްތާއެއް ވަނީ

އަހުމަދު ޝުރާއު

logo

4/27/2025, 9:16:00 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމަށް ހާމަކޮށްފި އެވެ.

Wamco

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ (31އ) ކަމަށެވެ.

އެގޮތުން 2025 އޭޕްރީލް 22 ވަނަ ދުވަހުން ފެށިގެން ފާޠިމަތު ޝަހުދާ ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 އޭޕްރީލް 24 ވަނަ ދުވަހު 20:00 އެހައިކަންހާއިރުއެވެ.

ފާޠިމަތު ޝަހުދާ އެންމެ ފަހުން ފެނިފައިވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންކަމަށާއި އެއިރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެއްކަމަށް އާއިލާއިން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުނެއެވެ.

ފާޠިމަތު ޝަހުދާއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside