
ޅެން ފަރުވާއާއި ގުޅޭގޮތުން ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓުމަންޓާއި މަޝްވަރާކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވުޒާރާއާއެކު ވިކްޓިމް ސަޕޯޓް ޑިޕާޓުމަންޓުގެ ފަރާތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި އެޕްރީލް މަހުގެ 29 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އާއި އެ ވުޒާރާގެ އިސް ބައެއް ވެރިންނާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމް އަދި ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ފުލުހުން ބުނީ މި ބައްދަލުވުމުގައި ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި އެ ވުޒާރާގެ ފަރާތުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުންކުރާ މަސައްކަތްތަކުގައި ވެސް އެ ވުޒާރާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބައްދަލުވުމަކީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ އެކި އެކި ހާދިސާތަކުގައި ނަފުސާނީ ގޮތުން ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމުގައި ދިވެހި ބަހާއި އަދަބިއްޔާތާއި ދިވެހި ސަގާފަތުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި ދެ މުއައްސަސާއިން ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ކަމަށެވެ. މި ގޮތުން ދިވެހި މުޖުތަމަޢަކީ ކުށް މަދު މުޖުމަޢުއަކަށް ހެދުމަށްޓަކައި ދިވެހި ސަޤާފަތް ދިރުވާއާލާކުރުމުގެ މުހިންމުކަން ދެ ފަރާތުން ވެސް ވަނީ ފާހަގަކޮށްފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

މަސްތުގެހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފި

ނޫސްވެރިންގެ ވާޖިބު އަދާކުރެވޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އެއްބާރުލުން ދޭނަން - ފުލުހުން

މަސްތުވާތަކެއްޗާއެކު ދަރަވަންދޫއިން މީހަކު ހައްޔަރުކޮށްފި
