
-
ބ. ދަރަވަންދޫގައި މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފުރާތު، އަހްމަދު އަރީފް (33އ) އެވެ
އެގޮތުން މިއަދު ހިންގި މި އޮޕަރޭޝަނުގައި، ދަރަވަންދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދަރަވަންދޫ ޕޮލިހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ރައްޔިތުން އެދެނީ ރައްކާތެރިކަން ކަށަވަރުވާން، އެކަން ކުރާނީ ދިވެހި ފުލުހުން: އިހްސާން

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ދިވެއްސަކު ހޯދަނީ

ޕޯސްޓްގެ ނަމުގައި، މެސެޖުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ





