logoEN
Sto top
"ޓޫރިސްޓް ސޭފްޓީ އެންޑް ސެކިއުރިޓީ" ޕްރޮގްރާމް ރ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

"ޓޫރިސްޓް ސޭފްޓީ އެންޑް ސެކިއުރިޓީ" ޕްރޮގްރާމް ރ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

4/30/2025, 10:00:47 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

"ޓޫރިސްޓް ސޭފްޓީ އެންޑް ސެކިއުރިޓީ" ޕްރޮގްރާމް ރ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.

Wamco

އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި ރ. އަތޮޅު ޕޮލިސް ގުޅިގެން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެޕްރީލް 27 އިން 28 އަށެވެ.

މި ޕްރޮގްރާމުގައި، ޓޫރިސްޓް ސޭފްޓީ އެންޑް ސެކިއުރިޓީ ޕްރޮގްރާމުގެ ދަށުން ޓޫރިސްޓް ޕޮލިހުން މަސައްކަތްކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް އުނގޫފާރު އަދި މީދޫގައި ފުލުހުންނަށް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަނުގައި، ފަތުރުވެރިކަމާ ގުޅޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅޭ ހިސާބުން އަމަލުކުރަމުން އަންނަ ގޮތްތަކާއި ފަތުރުވެރިންނާ މުއާމަލާތްކުރާނެ ގޮތްތަކާއި ޓޫރިސްޓް ފެސިލިޓީއެއް އިންސްޕެކްޓްކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި މި ޕްރޮގްރާމުގެ ތެރެއިން، ރ. އަތޮޅުގައި ހިދުމަތް ދެމުންދާ ގެސްޓްހައުސްއަށް ޒިޔާރަތްކޮށް ގެސްޓްހައުސްގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ދެނެގަތުމަށް އިންސްޕެކްޝަން ހެދިފައިވެއެވެ. އަދި ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް އެޅޭނެ ފިޔަވަޅުތައް ގެސްޓްހައުސްގެ މެނޭޖްމަންޓާ ހިއްސާކޮށްފައި ވެއެވެ.

މި ޕްރޮގްރާމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރެވި އަދި މުވައްޒަފުންގެ މަސައްކަތައް ލުއިފަސޭހަ ގޮތްތަކެއް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުގެ އިތުރުން، ރ. އަަތޮޅު ރިސޯޓް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް މި އެޕްރީލް މަހުގެ 26 އިން 27 އަށް ޖޯލި މޯލްޑިވްސް ރިސޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި ކޮންފަރެންސްގައި ޓޫރިސްޓް ޕޮލިހުން ކުރިއަށް ގެންދިޔަ ސެޝަނުގައި، ފަތުރުވެރިކަމަށް އަމާޒުވެގެން އަންނަ މައްސަލަތަކާއި، އެފަދަ މައްސަލަތައް އާންމުވުމަށް މެދުވެރިވާ ސަބަބުތަކާއި ރ. އަތޮޅުގައި ހިނގާފައިވާ މިފަދަ މައްސަލަތަކުގެ ތަފާސް ހިސާބުގެ އަލީގައި، މިކަންކަން މަދުކުރުމަށް އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް ރިސޯޓު ތަކުގެ މެނޭޖްމަންޓާއެކު މަޝްވަރާކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside