
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ހަވީރު، "އެކުގައި ވަމާ" އަށް ބޮޑު ތަރުހީބެއް!
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ-
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން "އެކުގައި ވަމާ" ގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

މިއަދު ބޭއްވި މި ހަރަކާތަކީ ދިވެހި ފުލުހުންގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމުޢިއްޔާތަކާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
މި ހަރަކާތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަފާތު އެކި ކުޅިވަރުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދެވުނު މި ހަރަކާތަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
"އެކުގައި ވަމާ" ހަރަކާތުގައި ގިނަ އަދަދެއްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޢާއިލާތައް ބައިވެރިވެފައިވާއިރު މި ހަރަކާތް ވެގެންގޮސްފައިވަނީ އެންމެންގެ މޫނު މައްޗަށް ހިނިތުންވުން ގެނުވި އަދި ހިތްތަކަށް އުފާވެރިކަން ގެނުވި ހަރަކާތަކަށެވެ.
ގުޅުންހުރި

ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހި 15 ޖޫންގައި ހުޅުވާލަނީ

އަނިޔާ ލިބޭ އަންހެނުންނަށް އިތުރު "ޑޮމެސްޓިކް ވައިލެންސް ޝެލްޓާ" ތަކެއް ތައްޔާރުކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން ތިން މަހުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
