.jpeg&w=3840&q=75)
--
މިދިޔަ ހުކުރު ދުވަހު އަންހެން މީހަކު އިމާރާތަކުން ވެއްޓުނު މައްސަލާގައި ރޭ ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ފުލުހުންގެ ބަންދަށް ގެންގޮސް ނެގި ފޮޓޯ މިއަދު އާންމުކޮށްފި އެވެ.

ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ 18 އޭޕްރިލް ގައި ހ މިލްޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ އެރިޔަދޫ އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް ކޯޓު އަމުރެއްގެ ދަށުން މިއަދު 18:20 ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމަށްފަހު ނެގި ފޮޓޯ މީޑިއާތަކަށް ފުލުހުން ހިއްސާކުރީ މިއަދު މެންދުރު އެވެ.
ގާފު ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައުދު ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ކޯޓު އަމުރާއި އެކު ގޮހެވެ.
ރައުދު ހައްޔަރުކުރުމާއި ގުޅޭގޮތުން އިއްޔެ ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އޭނާ ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަކަށް އެދުނީ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބެމުންނުދާތީ ކަމަށެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން މި މައްސަލައާއި ގުޅުންހުރި 9 މީހެއްގެވަނަވަރު ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ. އަދި އެމީހުން ފުރުން މަނާކުރުމަށް ޕާސްޕޯޓުތައް ވަނީ ހިފަހައްޓާފައި ކަމަށްވެސް ވަނީ ބުނެފައި އެވެ.
ފުލުހުން ބުނާގޮތުގައި އިއްޔެ ވަނަވަރު އާންމުކުރި ޒުވާނުންތަކަކީ ހާދިސާ ހިނގި ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށް މާލޭގެ މެދުތެރޭގައި ހުންނަ ގ މާންދޫގޭދެކުނުގެ ގޭގައި އެއްވުމެއް ބޭއްވި ޒުވާނުންތަކެކެވެ. އޭގެ ތެރެއިން ރައުދާއި ވެއްޓުނު ޒުވާނާގެ އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ކަށިވެލިގެއަށް ދިޔައީ 4 ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ. ފުލުހުން މިއަދު އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއަކަށެވެ. އަންހެން މީހާ ވެއްޓުނީ އެގޭގެ 9 ވަނަ ފަންގިފިލާއިން ކަމަށް ފުކލުހުން ބުނެއެވެ، ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. އަދި ދެމީހުން ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރުވެސް ސެންސަރު ކުރުމަށްފަހު ވަނީ ދައްކާފައި އެވެ.
ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ވަގުތު ގާތުގައި ރައުދެއް ނެތެވެ. އޭނާ ފަހުން ޔުމްނު ހޯދަން މަސައްކަތްކުރާތަން ފުޓޭޖުން ފެނެއެވެ.
ގުޅުންހުރި

ޔުމްނު ވެއްޓުނުރޭ ރައުދުއާއި ދެމެދު ހަމަނުޖެހުމެއް ހިނގި - ފުލުހުން

މި ދައުރުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް ވުރެ މަތި - ސީޕީ
.jpeg&w=3840&q=75)
ރައުދުގެ މަގްޝޮޓް އާންމުކޮށްފި
