
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 1 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި
# ކަސްޓަމްސް ސާވިސަސް-
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ނައްތާލައިފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 1،359،180 ސިނގިރޭޓް މިއަދު ދޫނިދޫގައި ނައްތާލާފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ ސިނގިރޭޓް ނައްތާލިއިރު އިރު މިއަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ސިނގިރޭޓި ކަސްޓަމްސްއިން ވަނި އަތުލައިގެންފައި އެވެ. އެގޮތުން 2024 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް ސިނގިރޭޓު ކާޓޫނުތަކެއް ބާލައި ރާއްޖެ އެތެރެކުރި މައްސަލައެއްވެސް ފެންމަތިވިއެވެ. އެ މައްސަލާގައި 200 މާސްޓަ ކާޓަން މެންޗެސްޓާ ސިނގިރޭޓް ވަނީ އަތުލައިގެންފައި އެވެ.
މީގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮަށް ރާއްޖެ އެތެރެކުރަން އުޅުނު 130،155 ސިނގިރޭޓު ވަނީ ކަސްޓަމްސްއިން އަތުލައިގެންފައި އެވެ.
ގުޅުންހުރި

"ޓްރޭޑިއަން" ޕޯޓަލްއަށް ކަސްޓަމްސްގެ އިތުރު ހިދުމަތެއް!

އަންނަ މަހުން ފެށިގެން ފްރައިޓް ފޯވާޑިންގގެ ޚިދުމަތް ލިބޭނީ ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނަށް އެކަނި!

ކަސްޓަމްސްގެ ޚިދުމަތާ އަލަށް ގުޅުނު 59 އޮފިސަރަކު ހުވާކޮށްފި
