
މިދިޔަ ހުކުރު ދުވަހު އަންހެން މީހަކު އިމާރާތަކުން ވެއްޓުނު މައްސަލާގައި ހިމެނޭ ރައުދު އަހުމަދު ޒިލާލް އާއި އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.

މި މައްސަލައާއި ގުޅިގެން ރައުދު އަހުމަދު ޒިލާލް ހައްޔަރުކުރިކަން ހާމަކޮށް ފުލުހުން މިރޭ މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ރައުދުއާއި ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން ޖުމުލަ 7 މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ފޯނު ހިފެހެއްޓި އެންމެންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން ވެއްޓުނު އަންހެން މީހާ އެރޭ ފުރަތަމަ ދިޔަގެ ކަމަށް ބުނާ މާންދޫގެދެކުނުގޭގެ ޓެރެހާއި 2 އަދި 4 ވަނަ ފަންގިވިލާގެ އިތުރުން ކަށިވެލި ގޭގެ 3 ވަނަ ފިންގިފިލާ ބަލާފާސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް ބަލާފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަންތަނުން މައްސަލައާއި ގުޅޭ އެއްވެސް އެއްޗެއް ގެންދިޔަ ކަމެއް ހާމައެއް ނުކުރެއެވެ.
ގުޅުންހުރި

ޔުމްނު ވެއްޓުނު ހާދިސާ: މިނިސްޓަރު އަމީންގެ ގެއިން ފުލުހުންނަށް ސީސީޓީވީ ފުޓޭޖް ނުލިބުނު!

ފަސް މީހުންނާއި އެކު ގައްދޫއިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން ހޯދަނީ

ފުލުހުންގެ ދެ ކޯހަކުން 52 ފުލުހަކު ދަސްވެނިވެއްޖެ
