
--
ރ. އަަތޮޅު ރިސޯޓް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮންފަރެންސް ބާއްވައިފިއެވެ.

މި ކޮންފަރެންސަކީ ރ. އަތޮޅު ޕޮލިހާއި ޖޯލި މޯލްޑިވްސް ރިސޯޓު ގުުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި އެޕްރީލް މަހުގެ 26 އިން 27 އަށް ޖޯލި މޯލްޑިވްސް ރިސޯޓުގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމް ފައްޓަވައި ދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާންއެވެ.
ރ. އަތޮޅުގައި ހިންގާ 17 ރިސޯޓުގެ ސެކިއުރިޓީ މެނޭޖަރުން މި ޕްރޮގްރާުމުގައި ބައިވެރިވިއެވެ. މިޕްރޮގްރާމުގައި މައުލޫމާތު ހިއްސާކޮށްފައިވަނީ ރިސޯޓް ސެކިއުރިޓީ އެންޑް ސޭފްޓީ ކަންކަން ހަރުދަނކުރުމުގެ ގޮންތުންނާއި ދިމާވާ އިމަޖެންސީ ހާލަތުގައި އަމަލުކުރާނެ ގޮތްތަކާއި ރިސޯޓުތަކުގައި އާއްމު ގޮތެއްގައި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
މި ޕްރޮގްރާމްގައި މައުލޫމާތުދެއްވީ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓާއި ޓޫރިސްޓް ޕޮލިހާއި ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސަވިސްއާއި ރ. އަތޮޅު ޕޮލިސް ފަރާތުންނެވެ.
ގުޅުންހުރި

ރައްޔިތުން އެދެނީ ރައްކާތެރިކަން ކަށަވަރުވާން، އެކަން ކުރާނީ ދިވެހި ފުލުހުން: އިހްސާން

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ދިވެއްސަކު ހޯދަނީ

ޕޯސްޓްގެ ނަމުގައި، މެސެޖުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ





