logoEN
Sto top
ހައުސިންގ ޔުނިޓުތަކުގެ މައްސަލާގައި ތިނަދޫ ސިޓީ ކައުންސިލުން މިނިސްޓްރީގެ އެންގުމަށް އަމަލުނުކުރި!

ހައުސިންގ ޔުނިޓުތަކުގެ މައްސަލާގައި ތިނަދޫ ސިޓީ ކައުންސިލުން މިނިސްޓްރީގެ އެންގުމަށް އަމަލުނުކުރި!

އަހުމަދު ޝުރާއު

logo

4/24/2025, 11:28:44 AM

# ތިނަދޫ ސިޓީ

--

ހައުސިންގެ މިނިސްޓްރީގެ ހުއްދަ ހޯދާފައިނުވުމުން ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލާން ކުރި އިއުލާން ބާތިލުކުރަން ތިނަދޫ ސިޓީ ކައުންސިލަށް އެންގި އެންގުމަށް އެކައުންސިލުން އަމަލުކޮށްފައިނުވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.

Wamco

އެމިނިސްޓްރީން މިއަދު ނެރުނު ބަޔާނެގައި ބުނީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް އަސާސީ ބޯހިޔާވަހިކަށް ފޯރުކޮށްދިނުން ކަމަށްވާއިރު އެސިޔާސަތު ތަންފީޒުކުރުމަށް މަތިކޮށްފައިވަނީ އެމިނިސްޓްރީއަށް ކަމަށެވެ. އެގޮތުން މިނިސްޓްރީގެ މެންޑޭންޓުގައި ރާއްޖޭގެ ބޯހިޔާވަހިކަމާއި ބެހޭ ގައުމީ ސިޔާސަތުތަުގެ ދަށުން ހިޔާވަހިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި އެފަދަ ޕްރޮގްރާމްތަޖޔގެ މަސައްކަތްތައް ވިލަރެސް ކުރުމާއި ރާއްޖޭގެ ހިޔާވަހިކަމާއި ބެހޭ ގައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް އެކަށޭނެ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާބެހޭ އުސޫލުތައް އެކުލަވާލައި އެސޫލުތައް ހިންގުން ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ މެންޑޭޓުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިން ޔުނިޓްތައް އިމާރާތްކޮށް ޔުނިޓްތައް ހަވާލުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުންގެންދާ ކަމާއި އޭގެ ތެރެއިން ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިން ޔުނިޓްގެ މަޝްރޫއުއަކީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ކުރިޔަށް ގެންދާ މިފަދަ ހައުސިން ޔުނިޓުތައް އެކުލަވާލަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ މީގެ ކުރިންވެސް މިނިސްޓްރީން އެންޑޯސްކޮށް ހުއްދަ ލިބިގެންކަން ފާހަގަކޮށް މިނިސްޓްރީން ބުނީ 29 ޖެނުއަރީ 2025 ގައި ތިނަދޫ ސިޓީ ކައުންސިލުން ހައުސިންގ ޔުނިޓު ދޫކުރަން އިއުލާނުކުރީ މިނިސްޓްރީގެ ހުއްދައާއި އެންޑޯސްމަންޓު ނެތިކަމަށެވެ.

އެހެންކަމުން އެ އިއުލާނު ބާތިލުކުރުމަށް މިނިސްޓްރީން އެމަހުގެ 30 ވަނަ ދުވަހު އަންގާފައިވާ ކަމާއި ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އުސޫލު އެކުލަވާލުމަށްފަހު އެންޑޯސްކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާފައި ވީ ނަމަވެސް މިއަދާއި ހަމައަށްވެސް އެންގި އެންގުމާއި އެއްގޮތަށް އަމަލުކޮށްފައިނުވާކަމަށް މިނިސްޓްރީން ބުނެއެވެ.

މިއާއިއެކު 29 ޖެނުއަރީގައި ތިިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާނަކީ މިނިސްޓްރީފގެ ލަފާ އާއި އެންޑޯސްކުރުމަކާއި ނުލައި ކޮށްފައިވާ އިއުލާނެއް ކަމަށްވާތީ އިއުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަތުމަށް މިނިސްޓްރީން ވަނީ މިހާރު ނިންމާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside