logoEN
Sto top
އިންޑިއާއާ ޕާކިސްތާނާއި ދެމެދު ގުޅުންތައް ގޯސްވެއްޖެ: އިންޑިއާއިން ތުހުމަތުކުރަނީ ޓެރަރިސްޓު ހަމަލާގެ ފަހަތުގައި ޕާކިސްތާނުގެ އަތެއް ވާކަމަށް!

އިންޑިއާއާ ޕާކިސްތާނާއި ދެމެދު ގުޅުންތައް ގޯސްވެއްޖެ: އިންޑިއާއިން ތުހުމަތުކުރަނީ ޓެރަރިސްޓު ހަމަލާގެ ފަހަތުގައި ޕާކިސްތާނުގެ އަތެއް ވާކަމަށް!

އަހުމަދު ޝުރާއު

logo

4/23/2025, 5:51:28 PM

# އިންޑިއާ - ޕާކިސްތާނު

އިންޑިއާއިން ވެރިކަން ކުރާ ކަޝްމީރުގެ ސަރަހެއްގައި ދިން ޓެރަރިސްޓު ހަމަލާގައި ޕާކިސްތާނު ސަރުކާރުގެ އަތެއް ވާކަމަށް އިންޑިއާއިން ތުހުމަތުކޮށްފައިވާއިރު ދެގައުމުގެ ގުޅުންތައް ވަރަށް ގޯސްވެއްޖެ އެވެ.

Wamco

ދެގައުމުން އަރާރުންވެފައިވާ އިންޑިއާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގައި އިއްޔެ ދިން ނިރުބަވެރި ހަމަލާގައި އިންޑިއާގެ 25 މީހަކާއި ނޭޕާލް މީހަކު ހިމެނޭހެން ޖުމުލަ 26 މީހަކު މަރުވެފައިވާއިރު މި ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނު ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބުނު ޓެރަރިސްޓު ޖަމާއާތްތަކެއް ކަމަށް އިންޑިއާގެ ސަރުކާރުގެ އިސް އޮފިޝަލުން އަންނަނީ ބުނަމުންނެވެ. މި ހަމަލާދީފައިވަނީ ކަޝްމީރުގެ ޕެހެލްގާމްގައި ހަތިޔާރު އެޅި ބަޔަކު ފަތުރުވެރިން ތިބި ސަރަހައްދަކަށް ވަދެ ބަޑިން ހަމަލާދީގެންނެވެ.

މި ހަމަލާއާއި ގުޅިގެން އިންޑިއާއިން މިހާރު ވަނީ ޕާކިސްތާނާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައި އެވެ. މިގޮތުން ސާކް ވިސާ އެކްސްޕެންޝަން ޕްރޮގްރާމްގެ ދަށުން އިންޑިއާއަށް އެތެރެވެފައި ތިބި ޕާކިސްތާނު ރައްޔިތުން އިންޑިއާ ދޫކޮށް ދާން 48 ގަޑިއިރު ދީފައިވާއިރު ނިއުދިއްލީގައި ހުންނަ ޕާކިސްތާން ހައިކޮމިޝަންގެ ޑިފެންސް، މިލިޓަރީ، ނޭވަލް އަދި އެއާ އެޑްވައިޒަރުންނަކީ "ޕާސަނާ ނޮން ގްރާޓާ" ކަމަށް ކަނޑައަޅައި އެމީހުން އިންޑިއާ އިން ފުރަން އެއް ހަފުތާގެ މުހުލަތެއް ވަނީ ދީފައި އެވެ.

އަދި މީގެ އިތުރުންވެސް އިންޑިއާއި ޕާކިސްތާނުގެ ވިޔަފާރީގެ ގުޅުންތައް އެންމެ ބޮޑަށް އެކްޓިވް ބޯޑަރެއްވެސް ބަންދުކުރުމަށް އިންޑިއާ ސަރުކާރުން މިއަދު ވަނީ ނިންމައި އެކަމަށް އަމަލުކުރަން ފަށާފައި އެވެ.

މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ޕާކިސްތާނުންވެސް އިންޑީއާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ދަނީ ރިޕޯޓުކުރަމުންނެވެ. އެގޮތުން ޕާކިސްތާނުން އަޅާނެ ފިޔަވަޅުތައް މަޝްވަރާކުރުމަށް މާދަމާ ޕާކިސްތާނުގެ ސެކިއުރިޓީ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައި އެވެ.

ޕާކިސްތާނުގެ ލަޝްކަރޭ ތައިބާޖަމާއަތަށް ނިސްބަތްވާ ރެސިސްޓެންސް ފްރަންޓް (ޓީއާރްއެފް) އިން މި ހަމަލާގެ ޒިންމާ އުފުލައި ސޯޝަލް މީޑިއާގައި ބުނެފައިވަނީ ކަޝްމީރުގައި ވަޒަންވެރިވި 85،000 އަށް ވުރެ ގިނަ "ބޭރު މީހުން" ކުށްވެރިކޮށް، "ޑިމޮގްރަފިކް ޗޭންޖެއް" އައިސްފައިވާ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ޓީއާރްއެފް އާއި އިންޑިއާގައި ހުންނަ ޕާކިސްތާނު އެމްބަސީގެ އޮފިޝަލުންތަކާއި އިސް ގުޅުމެއް އޮވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside