logoEN
Sto top
އިންޑިއާގައި ހުންނަ ޕާކިސްތާނު އެމްބަސީގައި ތިބި ޕާކިސްތާނު ސިފައިން އިންޑިއާއިން ބޭރުވާން އަންގައިފި

އިންޑިއާގައި ހުންނަ ޕާކިސްތާނު އެމްބަސީގައި ތިބި ޕާކިސްތާނު ސިފައިން އިންޑިއާއިން ބޭރުވާން އަންގައިފި

އަހުމަދު ޝުރާއު

logo

4/23/2025, 5:10:51 PM

# އިންޑިއާ - ޕާކިސްތާނު

-

އިންޑިއާގައި ހުންނަ ޕާކިސްތާނު އެމްބަސީގައި ތިބި ޕާކިސްތާނު ސިފައިން އިންޑިއާއިން ބޭރުވާން އަންގައިފި އެވެ.

Wamco

އިންޑިއާއިން ޕާކިސްތާނާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވަނީ އެދެގައުމުން އަރާރުންވެފައިވާ އިންޑިއާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގައި އިއްޔެ ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެންނެވެ. އެހަމަލާގައި 26 މީހަކު މަރުވެފައިވާއިރު މި ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނު ސަރުކާރުން ވާގިވެފައިވާ ޓެރަރިސްޓު ޖަމާއާތްތަކެއް ކަމަށް އިންޑިއާއިން ބުނެއެވެ.

މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައ އިންޑިއާގެ ފޮރިން ސެކްރެޓަރީ މިސްރީ ވިދާޅުވީ ނިއުދިއްލީގައި ހުންނަ ޕާކިސްތާން ހައިކޮމިޝަންގެ ޑިފެންސް، މިލިޓަރީ، ނޭވަލް އަދި އެއާ އެޑްވައިޒަރުންނަކީ "ޕާސަނާ ނޮން ގްރާޓާ" ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިއާއި އެކު އެމީހުން އިންޑިއާ އިން ފުރަން އެއް ހަފުތާ ދީފައިވާ ކަމަށް ވިދާޅުވިއެވެ.

"އިސްލާމްއާބާދުގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިންޑިއާގެ ޑިފެންސް، ނޭވީ އަދި އެއާ އެޑްވައިޒަރުން އަނބުރާ ގެންނާންވެސް ނިންމައިފިން،" މިސްރީ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ސާކް ވިސާ އެކްސްޕެންޝަން ޕްރޮގްރާމްގެ ދަށުން ޕާކިސްތާނުގެ ރައްޔިތުންނަށް އިންޑިއާއަށް ދަތުރުނުކުރެވޭނެ ކަމަށް މިރޭ ކަނޑައަޅާފައި އެވެ. މި ސްކީމްގެ ދަށުން މީގެ ކުރިން ދޫކޮށްފައިވާ ކޮންމެ ވިސާއެއް "ކެންސަލްވެފައިވާ" ކަމަށާއި، އެފަދަ ވިސާ އޮންނަ އިންޑިއާގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތަކަށް ފުރުމަށް 48 ގަޑިއިރުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside