logoEN
Sto top
ސާކް ވިސާ އެކްސްޕެންޝަންގެ ދަށުން އިންޑިއާއަށް އެތެރެވެފައި ތިބި ޕާކިސްތާނު ރައްޔިތުން އިންޑިއާ ދޫކޮށް ދާން 48 ގަޑިއިރު ދީފި

ސާކް ވިސާ އެކްސްޕެންޝަންގެ ދަށުން އިންޑިއާއަށް އެތެރެވެފައި ތިބި ޕާކިސްތާނު ރައްޔިތުން އިންޑިއާ ދޫކޮށް ދާން 48 ގަޑިއިރު ދީފި

އަހުމަދު ޝުރާއު

logo

4/23/2025, 5:15:39 PM

# އިންޑިއާ - ޕާކިސްތާނު

-

ސާކް ވިސާ އެކްސްޕެންޝަން ޕްރޮގްރާމްގެ ދަށުން އިންޑިއާއަށް އެތެރެވެފައި ތިބި ޕާކިސްތާނު ރައްޔިތުން އިންޑިއާ ދޫކޮށް ދާން 48 ގަޑިއިރު ދީފި އެވެ.

Wamco

އިންޑިއާގެ ޚާރިޖީ ވުޒާރާއިން މިރޭ ނެރުނު ކުއްލި ބަޔާނެއްގައި ބުނީ ސާކް ވިސާ އެކްސްޕެންޝަން ޕްރޮގްރާމްގެ ދަށުން ޕާކިސްތާނުގެ ރައްޔިތުންނަށް އިންޑިއާއަށް ދަތުރުނުކުރެވޭނެ ކަމަށް މިރޭ ކަނޑައަޅާފައިވާ ކަމަށެވެ.

މި ސްކީމްގެ ދަށުން މީގެ ކުރިން ދޫކޮށްފައިވާ ކޮންމެ ވިސާއެއް "ކެންސަލްވެފައިވާ" ކަމަށާއި، އެފަދަ ވިސާ އޮންނަ އިންޑިއާގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތަކަށް ފުރުމަށް 48 ގަޑިއިރުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.

ސާކް ވިސާ އެކްސްޕެންޝަން ސްކީމަކީ 1992 ވަނަ އަހަރު ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި ތައާރަފްކުރި ޚާއްސަ ވިސާ ސްކީމެކެވެ. ސާކްގެ ހަތަރުވަނަ ސަމިޓް (އިސްލާމްއާބާދު، 29-31 ޑިސެމްބަރު 1988) ގައި މެމްބަރުގައުމުތަކުން އެއްބަސްވި މި ޚާއްސަ ސްކީމަކީ ވަކި ކެޓަގަރީއެއްގެ އިއްޒަތްތެރިންނަށް ހާއްސަ ޓްރެވަލް ޑޮކިއުމެންޓެއް ލިބޭގޮތަށް ދޭން ނިންމި ވިސާއެކެވެ.

މިހާރު އެ ލިސްޓުގައި 24 ކެޓަގަރީއެއްގެ މީހުން ހިމަނާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އިއްޒަތްތެރިންނާއި މަތީ ކޯޓުތަކުގެ ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންނާއި އިސްވެރިންނާއި ވިޔަފާރިވެރިންނާއި ނޫސްވެރިންނާއި ކުޅިވަރު ކުޅޭ މީހުންނެވެ.

ވިސާ ސްޓިކާ ދޫކުރަނީ އެ ގައުމެއްގެ ހައްގު ލިބިގެންވާ ކެޓަގަރީތަކަށެވެ. ވިސާ ސްޓިކާގެ ވެލިޑިޓީ އަކީ އާންމުގޮތެއްގައި އެއް އަހަރެވެ. ސާރްގެ މެމްބަރު ގައުމުތަކުގެ އިމިގްރޭޝަން އޮތޯރިޓީން މި ތަންފީޒު ކުރުން ގަވާއިދުން މުރާޖައާ ކުރެ އެވެ.

އިންޑިއާއިން ޕާކިސްތާނާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައިމިވަނީ އެދެގައުމުން އަރާރުންވެފައިވާ އިންޑިއާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގައި އިއްޔެ ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެންނެވެ. އެހަމަލާގައި 26 މީހަކު މަރުވެފައިވާއިރު މި ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނު ސަރުކާރުން ވާގިވެފައިވާ ޓެރަރިސްޓު ޖަމާއާތްތަކެއް ކަމަށް އިންޑިއާއިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside