logoEN
Sto top
އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ގުރުލުން ބާއްވައިފި

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ގުރުލުން ބާއްވައިފި

ހަސަން ޝަމްއޫން

logo

4/23/2025, 3:21:31 PM

# ދިވެހި ކުޅިވަރު # އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025

އިލާލާ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2025 ގެ ގުރުލުމުގެ ރަސްމިއްޔާތުގެ ތެރެއިން..

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު 23 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް "އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025" ގެ ގުރުލުން ރޭ ބާއްވައިފިއެވެ.

Wamco

ޝީ ބިލްޑިންގެ ކޮންފަރެންސް ހޯލުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި މުބާރާތުގެ ގުރުލުމުގެ ރަސްމިޔާތުގައި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އޮފިޝަލުންނާއި ބައެއް ޓީމުތަކުގެ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން 3 މެއި 2025 އިން 13 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 20 ޓީމަކުން ވާދަކުރިއިރު މުބާރާތުގެ ޗެންޕިއަންކަން ހޯދީ ޕާކް ސްޕޯޓްސް ކުލަބުންނެވެ.

މި އަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 30 ޓީމު އަށް ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ދެވަނަ ބުރަށް ހޮވޭގޮތަށެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އިތުރުން ދެވަނަ ބުރުގެ ހުރިހާ މެޗެއް ހުޅުމާލޭ ފޭސްޓޫ ދެ ދަނޑުގައި ކުޅުމަށްފަހު ކުއާޓާ ފައިނަލުން ފެށިގެން ބާކީ ހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފޭސް އެކެއްގެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

މިއަހަރުގެ މުބާރާތުގެ ވެސް މެއިން ސްޕޮންސަރ އަކަށް އިލާލާ ހަމަޖައްސާފައިވާއިރު މުބާރާތުގެ މީޑިއާ ޕަޓްނަރަކީ ފެށުން އެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside