logoEN
Sto top
ކަރެކްޝަންސްއަށް ސަޕޯޓް ސަރވިސް އޮފިސަރެއް ހޯދަނީ!

ކަރެކްޝަންސްއަށް ސަޕޯޓް ސަރވިސް އޮފިސަރެއް ހޯދަނީ!

އަހުމަދު ޝުރާއު

logo

4/22/2025, 5:47:06 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

--

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ސަޕޯޓް ސަރވިސް އޮފިސަރެއް ހޯދަން ޢިއުލާންކޮށްފިއެވެ.

Wamco

މި މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ބޭނުންވެ ކަރެކްޝަނުން ކުރި ޢިއުލާނުގައި ވަނީ އިންޓަރވިއު އިން ފާސްވެއްޖެނަމަ މަސައްކަތް ކުރަން ޖެހެނީ ހުޅުމާލެ ޖަލުގައި ކަމަށެވެ.

ފެންވަރު ނުވަތަ ޝަރުތުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި، ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދިވެހިބަހުން ލިޔަން ކިޔަން އެނގޭ މީހެއް ކަމުގައިވުމާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ ތަކެތި ބޭނުން ކުރުން، ނުވަތަ މަސްތުވާ ތަކެތި ވިޔަފާރި ކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

އަދި އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުމާއި މީލާދީ ގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައި ވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތުގެ ތެރޭގައި ޖަލުގެ ސްޓާފް އޭރިއާ ފޮޅައި ސާފު ކުރުމާއި ޖަލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ޖަލު ތައްޔާރުކުރުމަށް އެހީތެރިވުމާއި، އެކިއެކި ބައްދަލުވުންތަކަށް ސައި/ކޮފީ ތައްޔާރު ކުރުން އަދި މުވައްޒަފުން އުޅޭ ސަރަހައްދާއި އޮފީހުން ކަނޑައަޅާ އެހެނިހެން ސަރަހައްދުތައް ކުނިކަހާ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ އިތުރުން އޮފިސަރުންގެ އިރުޝާދާއި އެއްގޮތަށް އެކިއެކި ކަންކަމުގައި އެހީތެރިވުން ހިމެނެއެވެ.

މި މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކަކީ:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )

4. ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ

7. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް

8. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ

9. ޕޮލިސް ރިޕޯޓް

މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާއެކު 2025 އޭޕްރީލް 28 ވާހޯމަ ދުވަހުގެ 15:00 ނިޔަލަށް [email protected]އަށް މެއިލް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް (ރޭޑިއޯ ބިލްޑިން)ގެ ކައުންޓަރަށް ފޯމް ހުށައެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވިފައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ކަމަށް ކަރެކްޝަނުން ކުރި ޢިއުލާނުގައި ވެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށް ގުޅުމުން ލިބޭނެކަން ކަރެކްޝަނުން ފާހަގަކުރައްވައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside