logoEN
Sto top
ހުކުމް ތަންފީޒު ކުރަމުން ދިޔަ ޒުވާނަކު ނިޔާވެއްޖެ

ހުކުމް ތަންފީޒު ކުރަމުން ދިޔަ ޒުވާނަކު ނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

3/23/2025, 6:26:14 PM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

--

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ޒުވާނަކު ނިޔާވެއްޖެ އެވެ.

Wamco

ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ މާފުށީ ޖަލުގައި ޙުކުމްތަންފީޛު ކުރަމުން ދިޔަ ސ. މަރަދޫ / ފޯ ފްލާވަރ އިބްރާހިމް ޝަމްވީލް (23 އަހަރު) މިއަދު ނިޔާވެފައިވާ ކަމަށެވެ.

އެގޮތުން މިއަދު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި 4:55 ގައި އިބްރާހިމް ޝަމްވީލް ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ވަނީ ކަނޑައަޅާފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެގޮތުން ޝަމްވީލް އަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުން ދިޔަ މީހެއް ކަންވެސް ކަރެކްޝަނުން ހާމަކުރި އެވެ.

އިބްރާހިމް ޝަމްވީލް ނިޔާވުމާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside