logoEN
Sto top
ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވަނީ

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވަނީ

އަހުމަދު ޝުރާއު

logo

4/21/2025, 3:12:25 PM

# ތިނަދޫ ސިޓީ

--

ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދާ އިންޑަސްޓްރިއަލް ޒޯނުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްަޓަރު އެމްޓީސީސީން މިއަދު ހާމަކޮށްފި އެވެ.

Wamco

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދާ އިންޑަސްޓްރިއަލް ޒޯނުގެ މަސައްކަތުގެ ދަށުން މިހާރު އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށާއި މިހާރު ސައިޓުގައި ކުރިޔަށްދަނީ ތިނަދޫއާއި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ކޮންކްރީޓް ބްރިޖްގެ މަސައްކަތް ކަމަށެވެ.

އަދި މި މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީގެ ޕްރޮޖެކްޓަރު ސައިޓުން ދައްކައެވެ.

މި މަޝްރޫއުގެ ދަށުން، 12,3275 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1,767 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 711 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 130 މީޓަރުގެ ޝީޓް ޕައިލް އެޅުމާއި، 2080 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބޮލާރޑް، ފެންޑަރ އަދި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 162.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside