logoEN
Sto top
އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖުގައި މިއަހަރު 32 ޓީމު ބައިވެރިވެއްޖެ

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖުގައި މިއަހަރު 32 ޓީމު ބައިވެރިވެއްޖެ

ހަސަން ޝަމްއޫން

logo

4/21/2025, 11:19:29 AM

# ދިވެހި ކުޅިވަރު # އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025

އިލާލާ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024 ގެ ޗެންޕިއަން ޓީމު

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު 23 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް "އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025" ގައި 32 ޓީމަކުން ބައިވެރިވެއްޖެއެވެ.

Wamco

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން 3 މެއި 2025 އިން 13 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 20 ޓީމަކުން ވާދަކުރިއިރު މުބާރާތުގެ ޗެންޕިއަންކަން ހޯދީ ޕާކް ސްޕޯޓްސް ކުލަބުންނެވެ.

މި އަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 32 ޓީމު އަށް ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންނެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ދެވަނަ ބުރަށް ހޮވޭގޮތަށެވެ. އަދި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ހުޅުމާލޭ ފޭސްޓޫގައި ދެ ދަނޑުގައި ކުޅުމަށްފަހު ކުއާޓާ ފައިނަލުން ފެށިގެން ބާކީ ހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

މިއަހަރުގެ މުބާރާތުގެ ވެސް މެއިން ސްޕޮންސަރ އަކަށް އިލާލާ ހަމަޖައްސާފައިވާއިރު މުބާރާތުގެ މީޑިއާ ޕަޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside