
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ހުށަހަޅާ މައްސަލަތައް ބަލައިގަންކަމުގެ އެސް.އެމް.އެސް ފޯނަށް!
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ--
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ހުށަހަޅާ މައްސަލަތައް ބަލައިގަންކަމުގެ އެސް.އެމް.އެސް ފޯނަށް ފޮނުވަން ފަށައިފި އެވެ.

އެވުޒާރާއިން މިއަދު ބުނީ އެވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުސަދުގައި، ޚިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދައި، ލިބުނު ޚިދުމަތުގެ ފެންވަރާއި، އިތުރަށް ރަނގަޅުކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.
އެގޮތުން، އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ހުށަހެޅިކަން އެފަރާތަށް އެނގޭނެ ގޮތެއް ނެތުމާއި އެ ކަމާގުޅޭ ގޮތުން އަދާހަމަ މަޢުލޫމާތު ލިބުމުގައި ލަސްތަކެއްވާކަމަކީ އެ ވުޒާރާއަށް ލިބޭ އެންމެ ބޮޑު އެއްޝަކުވާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ.
އެހެންކަމުން، އާންމުންގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް އެ ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަމިއްލަ ފަރާތްތަކުން ވުޒާރާއަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ، ހުށަހަޅާ ލިޔެކިޔުމުގައި ބަޔާންކޮށްފައިވާ ފޯނުނަންބަރަށް އެސް.އެމް.އެސްގެ ޒަރީޢާއިން އިން ލިބޭނެ ނިޒާމެއް މިހާރު ވަނީ ތަޢާރަފުކުރެވިފައި ކަމަށެވެ.
އަދި އެވުޒާރާއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންނާއި ގާތުން، ލުއިފަސޭހަ ވާނެހެން، އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށްވެސް ވަނީ ފާހަގަކޮށްފައި އެވެ.
ގުޅުންހުރި

ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހި 15 ޖޫންގައި ހުޅުވާލަނީ

އަނިޔާ ލިބޭ އަންހެނުންނަށް އިތުރު "ޑޮމެސްޓިކް ވައިލެންސް ޝެލްޓާ" ތަކެއް ތައްޔާރުކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން ތިން މަހުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
