logoEN
Sto top
ށ މިލަންދޫގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ފަށައިފި

ށ މިލަންދޫގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

4/21/2025, 7:37:49 AM

# ށ މިލަންދޫ

--

ށ މިލަންދޫގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ފަށައިފި އެވެ.

Wamco

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރްއިން ބުނީ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ށ. އަތޮޅަށް ފުޅާކޮށްފައިވާ ކަމަށާއި، މިގޮތުން އެއަތޮޅު ފޮނަދޫގައި ހުންނަ އަތޮޅު ކައުންސިލްގެ އިތުރުން ށ މިލަންދޫއިންވެސް އިން ވެސް އައިޑީ ކާޑު ޕްރިންޓުކުރުގެ ހިދުމަތް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށެވެ.

މިއާ އެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށާއި މިކަމުގެ ފައިދާ މިލަންދޫގެ ރައްޔިތުންނާއި މިލަންދޫއާއި ކައިރި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ޑީއެންއާރުން ފާހަގަކުރެއެވެ. މިލަންދޫ ކައުންސިލުން ވެގެންދާނީ މާލޭން ބޭރުން އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތްދޭ 17 ވަނަ ސަރަހައްދަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިގޮތުން މިދިޔަ ހަފްތާގެ ތެރޭގައި މި ހިދުމަތް ގދ އަތޮޅު ކައުންސިލުންވެސް ވަނީ ފަށާފައި އެވެ.

އައިޑީ ކާޑުގެ ހިދުމަތް ދިނުމަށް ބޮޑު ހޭދައެއް ކުރާއިރު، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާވަރަކުން ހިދުމަތް ދިނުމަށް ހޯމްލޭންޑް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށްފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 1993 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމުކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside