
އޭދަފުށީ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި
# ބ. އޭދަފުށި--
ބ. އޭދަފުށީ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް އޭދަފުށީ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

ފުލުހުން ބުނީ މި ކެމެރާތަކަކީ އޭދަފުށީ ކައުންސިލުގެ ފަރާތުން އޭދަފުށީ ޕޮލިހަށް ހަދިޔާކުރި ކެމެރާތަކެއް ކަމަށެވެ.
ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަކީ ފުލުހުންނާއި ކައުންސިލު ގުޅިގެން ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތެކެވެ.
މި މަހު 20 ވަނަ ދުވަހު ފެށި މި މަސައްކަތުގެ ދަށުން، ބަނދަރު ސަރަހައްދުގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.