logoEN
Sto top
ސާނަވީ ނިންމާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ރައީސް ހިތްވަރުދެއްވައިފި

ސާނަވީ ނިންމާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ރައީސް ހިތްވަރުދެއްވައިފި

އަހުމަދު ޝުރާއު

logo

4/20/2025, 10:13:22 AM

# ރައީސް މުއިއްޒު

--

ސާނަވީ ނިންމާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ހިތްވަރުދެއްވައިފި އެވެ.

Wamco

މިއަދު ފެށުނު މިއަހަރުގެ ކެމްބްރިޖް އޯ ލެވެލް އާއި އެސްއެސްސީ އިމްތިޙާނުގައި 8،362 ދަރިވަރުން ބައިވެރިވެ އެވެ. ކެމްބްރިޖް އިމްތިޙާނުގައި 7،666 ދަރިވަރުން ބައިވެރިވާ އިރު އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާގައި 7،519 ދަރިވަރުން ބައިވެރިވެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުހައްމަދު ވިދާޅުވީ މިއަހަރުގެ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް ހުރިހާ ދަރިވަރުން ކުރި ބުރަ މަސައްކަތުގައިވެސް މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާ ދަންނަވާ ކަމަށެވެ. އަދި އެދެނީ އެސް.އެސް ސީ އަދި އޯލެވެލްގައި ރާއްޖެއިން ބައިވެރިވި 8364 ދަރިވަރުންނަށްވެސް ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށް އިމްތިޙާނުގެ މުއްދަތު ވުން ކަމަށާއި ތޫނުފިލިކަމާއެކު ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވި ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ޙާޞިލްވުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއިން ކޮންމެ ކުއްޖަކުވެސް މި އިމްތިޙާނުގައި ކާމިޔާބީ ހޯދާ، މި ޤައުމު ފަޚުރުވެރިވާނެ ޚިދުމަތްތެރި ދަރިއަކަށް ވާނެ." ރައީސް ވިދާޅުވިއެވެ.

މިއަހަރު އެންމެ ފުރަތަމަ އިމްތިހާނެއްގެ ގޮތުގައި މިއަދު އޮތީ އިސްލާމީ ތަރުބިއްޔަތު މާއްދާގެ ފުރަތަމަ ޕޭޕަރެވެ. މި އިމްތިޙާނުތައް ޖޫން މަހުގެ 11 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside