logoEN
Sto top
މަޖީދިއްޔާއަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" - ރައީސް

މަޖީދިއްޔާއަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" - ރައީސް

އަހުމަދު ޝުރާއު

logo

4/19/2025, 11:03:34 AM

# ރައީސް މުއިއްޒު

--

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާގެ ގޮތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.

Wamco

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ މަޖީދިއްޔާ ސްކޫލުގެ 98 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.

View post on Twitter

އަދި މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު ކަމަށާއި މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

" މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު " ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ދިވެހިރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށާއި ބެލެނިވެރީންނަށާއި މުދައްރިސުންނަށާއި ހިންގުންތެރީންނަށާއި ޚިދުމަތްތެރީންނަށް އަރިސްކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside