
--
އައްޑޫ ސިޓީގެ ފޭދޫގައި ހޭންޑްބޯޅަ ކޯޗުންނާއި ރެފްރީން ތަމްރީންކުރުމުގެ ކޯސްތަކެއް ބާއްވަން ނިންމައިފިއެވެ.

މިގޮތުން ސ.ފޭދޫގައި ކުރިއަށްދިނުމަށް ނިންމާފައިވާ ކޯޗުން ތަމްރީން ކުރުމުގެ ކޯހަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށުން ހިނގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޯޓްސް (އެމްއެންއައިއެސް) އާއި ހޭންޑްބޯލް މޯލްޑިވްސް އަދި އައްޑޫ ސިޓީ ކައުންސިލުން ގުޅިގެން ހިންގާ ކޯހެކެވެ. މި ކޯސް ކުރިއަށްދާނީ މި މަހުގެ 29 އިން ފެށިގެން މެއި މަހުގެ ނުވަވަނަ ދުވަހާ ހަމައަށެވެ. ހޭންޑްބޯޅަ ރެފްރީ ކޯހުގައި ކިޔަވައިދެއްވާނީ ހޭންޑްބޯލް މޯލްޑިވްސްގެ ތަޖުރިބާކާރު ކޯޗުންނެވެ.
ރެފްރީން ތަމްރީންކުރުމުގެ ކޯސްވެސް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށުން ހިނގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޯޓްސް (އެމްއެންއައިއެސް) އާއި ހޭންޑްބޯލް މޯލްޑިވްސް އަދި އައްޑޫ ސިޓީ ކައުންސިލުން ގުޅިގެންނެވެ. މި ކޯސް ވެސް ކުރިއަށްދާނީ މި މަހުގެ 29 އިން ފެށިގެން މެއި މަހުގެ ނުވަވަނަ ދުވަހާ ހަމައަށެވެ. ހޭންޑްބޯޅަ ރެފްރީ ކޯހުގައި ކިޔަވައިދެއްވާނީ ހޭންޑްބޯލް މޯލްޑިވްސްގެ އިންސްޓްރަކްޓަރުންނެވެ.
މި ދެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވުމުގެ މުއްދަތު ހަމަވާނީ އޭޕްރީލް 24 ވަނަ ދުވަހުގައެވެ.
މި ކޯހަށް ބައިވެރިން ހޮވުމުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ބައިވެރިންނަށް އިސްކަންދެވޭނެކަމަށް އެމްއެންއައިއެސްއިން މައުލޫމާތު ދެއްވައެވެ.
ގުޅުންހުރި

މީދޫ އާއި ހުޅުދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ކައުންސިލެއް އުފައްދަން!

ވަކި ކައުންސިލްތައް އުފެދިއްޖެ ނަމަ ބްލޮކް ގްރާންޓުގެ ގޮތުގައި ފޭދޫއަށް 25 މިލިއަން، ހުޅުދޫއަށް 13 މިލިއަން ، މީދޫއަށް 18 މިލިއަން!

އައްޑޫ ވޯޓު: ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި
.webp&w=3840&q=75)




