logoEN
Sto top
ޔަމަނުގެ މަތިން އުދުހެމުންދިޔަ އެމެރިކާގެ ޑްރޯނެއް ހޫތީން ވައްޓާލައިފި: މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވައްޓާލި ދެ ވަނަ ޑްރޯން!

ޔަމަނުގެ މަތިން އުދުހެމުންދިޔަ އެމެރިކާގެ ޑްރޯނެއް ހޫތީން ވައްޓާލައިފި: މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވައްޓާލި ދެ ވަނަ ޑްރޯން!

އަހުމަދު ޝުރާއު

logo

4/19/2025, 3:31:43 PM

# ހޫތީން

ޔަމަނުގެ މަތިން އުދުހެމުންދިޔަ އެމެރިކާގެ ޑްރޯނެއް ހޫތީން ވައްޓާލައިފި އެވެ.

Wamco

ޔަމަނުގެ ހޫތީންގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަނާގެ މަތިން އުދުހެމުން ދިޔަ އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ.

"މި ޑްރޯން އަކީ 24 ގަޑިއިރުގެ ތެރޭގައި އަޅުގަނޑުމެންގެ ވައިގެ ދިފާއީ ބާރުތަކުން ވައްޓާލި ދެވަނަ ޑްރޯން. އަދި މިމަހުގެ ތެރޭގައި ވައްޓާލި ހަ ވަނަ ޑްރޯން،" ސާރީ ވިދާޅުވި އެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޫތީން އިސްރާއީލާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތައް ކުރިއަށް ދާނީ އިސްރާއީލުގެ ހަމަލާތައް ހުއްޓާލައި އިންސާނީ އެހީއަށް އެގައުމުން އަޅާފައިވާ ހުރަސްތައް އުވާލަންދެން ކަމަށެވެ.

މިފަދަ ހަމަލާއެއް އެމެރިކާގެ ޑްރޯންއަކަށް ހޫތީން ދިން އިރު ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ފާއިތުވި ދުވަހު އެމެރިކާއިން ދިން ހަމަލާތަކުގައި 80 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside