
--
ދުންފަތް ކޮންޓްރޯލް ކުރުމުގެ އާ ގަވާއިދުގައިވާ ގޮތުގެ މަތީން ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަތް ހޯދަން ލާޒިމުވާ ލައިސެންސްތަކާއި އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޤަވާޢިދު ބުރާސްފަތި ދުވަހު ވަނީ ގެޒެޓްކޮށްފައެވެ.
މިއީ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ.
މި ގަވާއިދުގެ ދަށުން ދޫކުރެވޭ ހުއްދަތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވަކިން އަދި ގަނޑުކޮށް ވިއްކުމުގެ ލައިސަންސްގެ އިތުރުން، އިމްޕޯޓުކުރުމާއި ރިއެކްސްޕޯޓްކުރުމުގެ ލައިސަންސް އަދި ދުންފަތުގެ އާ ބާވަތްތައް ރަޖިސްޓްރީކުރުން ހިމެނެއެވެ. މި ހުއްދަތަކަށް އެދި ހުށަހަޅަންޖެހެނީ ވަންގަވް ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށެވެ.
ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކުމުގެ ހުއްދައަށް 5,000 ރުފިޔާގެ ފީއެއް ނަގާއިރު، އެހެނިހެން ހުއްދަތަކަށް 10,000 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. މި ހުއްދަތައް ދޫކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މުއްދަތު ހަމަވުމުގެ 60 ދުވަސް ކުރިން ހުއްދަ އާކުރަންޖެހޭނެއެވެ.
ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތަކުގެ މުއާމަލާތެއް ހިންގާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެއެވެ. މިގޮތުން ފުރަތަމަ ފަހަރު 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އަދި އޭގެ ފަހުން ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
ގުޅުންހުރި

ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި

ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ: ނާޒިމް

ހެލްތު އިމަޖެންސީ ރެސިލިއެންސް ޕްލޭންގެ ތަމްރީނު ޕްރޮގްރާމެއް ފ.އަތޮޅުގައި ފެށިގެން ކުރިޔަށް!
-1744786145570.webp&w=3840&q=75)