logoEN
Sto top
ހެލްތު އިމަޖެންސީ ރެސިލިއެންސް ޕްލޭންގެ ތަމްރީނު ޕްރޮގްރާމެއް ފ.އަތޮޅުގައި ފެށިގެން ކުރިޔަށް!

ހެލްތު އިމަޖެންސީ ރެސިލިއެންސް ޕްލޭންގެ ތަމްރީނު ޕްރޮގްރާމެއް ފ.އަތޮޅުގައި ފެށިގެން ކުރިޔަށް!

އަހުމަދު ޝުރާއު

logo

4/18/2025, 5:40:10 PM

# ހެލްތު މިނިސްޓްރީ

--

ހެލްތު އިމަޖެންސީ ރެސިލިއެންސް ޕްލޭންގެ ތަމްރީނު ޕްރޮގްރާމެއް ފ.އަތޮޅުގައި ފަށައިފިއެވެ.

Wamco

މިނިސްޓްރީ އޮފް ހެލްތު، ޑަބްލިޔުއެޗްއޯ، އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެހީތެރިކަމާއި އެކު ކުރިއަށްދާ މި ޓްރެއިނިންގް ޕްރޮގްރާމް ހިންގަނީ ފ.އަތޮޅު ހޮސްޕިޓަލުގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ކަންކަން؛

  1. ހޮސްޕިޓަލްގައި ގާއިމު ކުރެވިފައިވާ އިމަޖެންސީ ރެސްޕޮންސް ޕްލޭން (އެޗްއާރްޕީ) ޓެސްޓްކުރުން
  2. ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން (ބީސީޕީ) އެކުލަވާލުމުގައި އެހީތެރިވުން
  3. ރިސޯސް މެޕިންގ ޓޫލް ޓެސްޓްކުރުން

ފ.ނިލަންދޫގައި ކުރިއަށްދާ މި ޓްރެއިނިންގް ގައި މި ފަދަ މުހިންމު ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓޭނެ ގޮތްތަކާ ބެހޭގޮތުން ޓީމަށް ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމުލަ 11 ބައިވެރިންނާއި އެކު ކުރިއަށްދާ މި ޓްރެއިނިން 4 ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside