
ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ: ނާޒިމް
# ހެލްތު މިނިސްޓްރީ--
ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އިމަރޖެންސީރޫމް އިތުރަށް ހަރުދަނާކޮށް ބެޑް އިތުރު ކުރުމާއި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ވޯޑަށް އެނދު އިތުރުކުރުމާއި، އޯޕީޑީ އަދި އިންޕޭޝަންޓް ޚިދުމަތް ފުޅާކުރުމަށް ރޫމް އިތުރު ކުރުމާޢި، މެންޓަލް ހެލްތު އޯޕީޑީ ގެ ޚިދުމަތް ފުޅާކުރުން ހިމެނެއެވެ.
މީގެ އިތުރުން ހުރިހާ ޚިދުމަތެއްވެސް ފުޅާކުރެވޭނެ ގޮތަށް ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއެއް ހިނގުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ މުހިންމު މަސެއްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ގެ ވާހަކަފުޅުގައި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.މިނިސްޓަރ ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ، ރާއްޖޭގައި މިއަށްވުރެ ގިނަ ޒިންމާދާރު، ހުނަރުވެރި ޑޮކްޓަރުން ތިބެގެން، ޚިދުމަތްތެރިކަމާއެކު މަސައްކަތް ކުރާނެ ޑޮކްޓަރުން ތިބުންކަމަށެވެ. ޑޮކްޓަރުން ކޮންމެ ދުވަހަކުވެސް ދައްކަވާ ކެތްތެރިކަމަށް ތަޢުރީފުކުރެއްވިއެވެ.
ހުޅުމާލޭ ހޮސްޕޓަލުގެ އެކާވީސް ވަނަ އަހަރީ ދުވަސް ރޭ ފާހަގަކުރި އިރު ހޮސްޕިލަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންނާއި، ރީތި ނަން ހޯއްދަވާދެއވާފައިވާ އަދި ޚާއްޞަކޮށް ޑޮކްރުންގެ އަގުވަޒަންކޮށް ވަނީ އެވޯޑް ދީފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ދިގުމުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
ގުޅުންހުރި

ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި

ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ: ނާޒިމް

ހެލްތު އިމަޖެންސީ ރެސިލިއެންސް ޕްލޭންގެ ތަމްރީނު ޕްރޮގްރާމެއް ފ.އަތޮޅުގައި ފެށިގެން ކުރިޔަށް!
-1744786145570.webp&w=3840&q=75)