
އިޒްރޭލުގެ މައި އެއާޕޯޓަށް އަމާޒުކޮށް ހޫތީން މިސައިލް ހަމަލާއެއް ފޮނުވާލައިފި އެވެ.

ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ އެ ޖަމާއަތުން މިއަދު އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ފޮނުވާލާފައިވާ ކަމަށެވެ.
އަދި ސަނާ ގަވަރުނަރޭޓްގެ ވަށައިގެން "ދެކޮޅުވެރި އަމަލުތައް" ހިންގަމުން ދިޔަ އެމެރިކާގެ ޑްރޯންއެއް ވެސް އެ ޖަމާއަތުން ވައްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ މިއަދު ވަނީ ޔަމަނުން ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށާއި އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން އެ މިސައިލް ހުއްޓުވާފައިވާ ކަމަށް ބުނެފައި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އިޒްރޭލުން ބުނި ނަމަވެސް ހޫތީން ބުނަނީ މި ހަމަލާގެ މަގްސަދު ފުރިހަމަވެފައިވާ ކަމަށެވެ.
ގުޅުންހުރި

އެމެރިކާގެ ދެ އުޅަނދަކަށް ހަމަލާދީފިން - ހޫތީން

ޔަމަނުގެ މަތިން އުދުހެމުންދިޔަ އެމެރިކާގެ ޑްރޯނެއް ހޫތީން ވައްޓާލައިފި: މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވައްޓާލި ދެ ވަނަ ޑްރޯން!

އިޒްރޭލުގެ މައި އެއާޕޯޓަށް އަމާޒުކޮށް ހޫތީން މިސައިލް ހަމަލާއެއް ފޮނުވާލައިފި
