logoEN
Sto top
މާލޭގެ އިމާރާތަކުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ވެއްޓިގެން ފަރުވާދެނީ

މާލޭގެ އިމާރާތަކުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ވެއްޓިގެން ފަރުވާދެނީ

އަހުމަދު ޝުރާއު

logo

4/18/2025, 3:27:43 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މާލޭގެ އިމާރާތަކުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ވެއްޓިގެން ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފި އެވެ.

Wamco

ފުލުހުން މިއަދު ބުނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް މީހަކު ވެއްޓިފައިވާ އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 07:23 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއި އެކު އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ވެއްޓިފައި އޮތްވާ ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެއްކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް މި މައްސަލައާއި ގުޅިގެން އިތުރު ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަނުކުރެއެވެ.

މި މައްސަލައާއި ގުޅޭ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވަމުން ދިޔުމާއި އެކު އެފޮޓޯ ދައުރުނުކުރަން ފުލުހުން ވަނީ އެދިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside