
--
ތިލަފުށީ ޕޮލިހުގެ ޖޮއިންޓް އޭޖެންސީ ބައްދަލުވުން ބާއްވައިފިއެވެ.

ތިލަފުށީ އެޗްޑީސީއާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން މިއަދު ތިލަފުށީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ތިލަފުށީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުންނާއި އެކަންކަން ހައްލުކުރުމަށް ކުރެވޭނެ މަސައްކަތަކާ ގުޅޭގޮތުންމަޝްވަރާކޮށްފައިވެއެވެ. އަދި އިދާރާތަކާއި ފުލުހުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ހުރިހާ ފަރާތްތަކުން މުޖުތަމައަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރދަނާކުރުމަށް އެއްބައިވަންތަކަމާއެކު ޚިދުމަތްދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން، ގުޅިގެން މަސައްކަތްކޮށް އެދެވޭ ނަތީޖާ ހާސިލުކުރުމުގެ ގޮތުން ތިލަފުށި ޖޮއިންޓް އޭޖެންސީގެ ވަޓްސްއެޕް ގުރޫޕެއް އުފައްދާފައިވެއެވެ.
މި ބައްދަލުވުމުގައި، ތިލަމާލެ ވިންގު ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދުއާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ އަބްދުއް ރަހްމާން އަދި ތިލަފުށީ އިދާރާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.
ގުޅުންހުރި

ރައްޔިތުން އެދެނީ ރައްކާތެރިކަން ކަށަވަރުވާން، އެކަން ކުރާނީ ދިވެހި ފުލުހުން: އިހްސާން

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ދިވެއްސަކު ހޯދަނީ

ޕޯސްޓްގެ ނަމުގައި، މެސެޖުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ





