logoEN
Sto top
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕެއް ބާއްވައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

4/17/2025, 6:45:17 PM

# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ

--

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ ގަވާއިދުގެ ދަށުން ހެދިފައިވާ މިންގަނޑުތަކުގެ މަސައްކަތުބައްދަލުވުމެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބާއްވައިފިއެވެ.

Wamco

މި މަސައްކަތު ބައްދަލުވުމަކީ ގަވާއިދު 2024 R-9/(ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން އެކުލަވާލެވިފައިވާ މިންގަނޑުތައް ވެލިޑޭޓްކުރުމަށް ބޭއްވުނު މަސައްކަތު ބައްދަލުވުމެކެވެ.

މިގޮތުން ވަޒީފާދޭ ތަންތަނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތަކުން އަދި ޑިސްއެބިލިޓީ ކައުންސިލުން ބައިވެރިވި މި މަސައްކަތުބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ހިމެނޭ މިންގަނޑުތައް ވެލިޑޭޓްކުރުމެވެ.

މި މިންގަނޑުތައް ތައްޔާރުކުރެވިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެއީ، ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް، ވަޒީފާގެ ފުރުޞަތު ހުޅުވާލުމުގައި މަޢުލޫމާތު ޢާންމު ކުރުމުގެ މިންގަނޑު، ވަޒީފާއަށް މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލު، އަދި ވަޒީފާގެ ފުރުޞަތު ހުޅުވާލުމުގައި މަޢުލޫމާތު ޢާންމު ކުރުމުގެ މިންގަނޑެވެ.

މި މިންގަނޑުތަކަށް ޢަމަލުކުރަން ފެށުމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރަށް، ފަހިވެގެންދާނެއެވެ. އަދި ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ދާއިރާގައި ދިމާވާ ގޮންޖެހުންތައް ކުޑަވެ، އެ ފަރާތްތަކުގެ ޙައްޤުތައް އިތުރަށް ރައްކާތެރިކުރެވިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside