logoEN
Sto top
އެމްޕަވަމަރންޓް ހަބް ތަރައްޤީކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އެމްޕަވަމަރންޓް ހަބް ތަރައްޤީކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

4/10/2025, 9:48:15 AM

# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ

--

އެމްޕަވަމަރންޓް ހަބް ތަރައްޤީކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް ޒަކާތު ހައުސް އާއި އިސްލާމިކް މިނިސްޓްރީ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބައްދަލުކޮށްފިއެވެ.

Wamco

މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމްގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ބައިވެރިވެލައްވާފައެވެ.

އަދި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒުދީން ޢަދުނާންއާއި ޒަކާތު ހައުސްގެ ބައެއް އިސްވެރިންނާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިސް ބޭފުޅުންވެސް ބައިވެރިވެލައްވާފައިވެއެވެ.

އެމްޕަވަރމަންޓް ހަބް އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވެ، އާމްދަނީ ހޯދުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަގުސަދުގައި ގާއިމްކުރާ ޚާއްސަ މަރުކަޒެކެވެ. އަދި މި ހަބަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ފަދަ ޚާއްޞަ މަރުކަޒެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside