
-
ހުޅުމާލޭގެ ފޭސް 1 ގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިިފި އެވެ.

ސިފައިން މިއަދު ބުނީ ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށްވެސް ސިފައިން ވަނީ ބުނެފައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެ އެޕާޓްމެންޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި އެވެ. އަދި އަލިފާން ރޯވީ އެ އެޕާޓްމެންޓުގެ ކޮޓަރިއެއްގައި ކަމަށްވާއިރު އެކޮޓަރިއަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައި އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސިފައިން ހާމައެއް ނުކުރެއެވެ.
ގުޅުންހުރި

ފޭސް 3ގެ ބިން ހިއްކުމުގެ 87 އިންސައްތަ މަސައްކަތް ފުރިހަމަވެއްޖެ

ސަފާރީއެއްގައި ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޯތިތަކުގެ ގުރުއަތު ނަގައިފި

.gif&w=3840&q=75)



