logoEN
Sto top
ހުޅުމާލޭގެ ރަމްޒަކަށް 100 މީޓަރުގެ އައިކޯނިކް ޓަވަރެއް އަޅަނީ

ހުޅުމާލޭގެ ރަމްޒަކަށް 100 މީޓަރުގެ އައިކޯނިކް ޓަވަރެއް އަޅަނީ

އަހުމަދު ޝުރާއު

logo

5/26/2025, 5:30:25 PM

# ހުޅުމާލެ

--

ހުޅުމާލޭގެ ރަމްޒަކަށް 100 މީޓަރުގެ އައިކޯނިކް ޓަވަރެއް އެޅުމަށް ނިންމާފައިވާކަން އެޗްޑީސީން މިއަދު ހާމަކޮށްފިއެވެ.

Wamco

ހުޅުމާލޭގެ އާ މާސްޓަޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ "އައިކޮނިކް ޓަވަރާ" ގުޅޭ ބައެއް ތަފުސީލުތައް ދީފަ އެވެ. އެގޮތުން އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވިދާޅުވި ގޮތުގައި އެ ޓަވަރު އަޅަނީ ހުޅުމާލެ ފޭސް 2 ގައި ފަރުކޮޅުފުށި ނިމޭ ހިސާބުގަ އެވެ.

ޒިނަފް ވިދާޅުވީ މި ޓަވަރަކީ ހުޅުމާލޭގެ ދެވަނަ ރަމްޒެއް އުފެއްދުމަށް ބިނާކުރެވޭ ޓަވަރެއް ކަމަށާއި މިހާރު ހުޅުމާލޭގެ ރަމްޒަކީ ހުޅުމާލެ ފޭސް 1 ގައި ހުންނަ މިސްކިތާއި ފޭސް ދޭއްގެ ހިޔާ ޓަވަރުތަށް ކަމުން މި އައު ޓަވަރު ވެގެންދާނީ ހުޅުމާލޭގެ ތިންވަނަ ރަމްޒަކަށް ކަމަށެވެ. އެގޮތުން މި ޓަވަރު ވެގެންދާނީ 100 މީޓަރު އުސްމިނުގައި ހުންނަ ޓަވަރަކަށްކަން ޒީނަފް ފާހަގަކުރެއްވި އެވެ.

ޒިނަފް ވިދާޅުވީ މި ޓަވަރާއި އެކު ފައިނޭންޝިއަލް ޑިސްޓްރިކްޓެއް އުފެދިގެން އަންނައިރު މި ޓަވަރުން އިތުރު ވަޒީފާގެ ފުރުސަތުތައް އުފެއްދިގެންދާނެ ކަމަށެވެ.

އެޗްޑީސީން މިއަދު އިއުލާނުކުރި ޓަވަރު ވެގެންދާނީ ރާއްޖޭގައި ތަރައްޤީކުރާނެ އެންމެ އުސް ޓަވަރަށެވެ. އެގޮތުން އާންމުކޮށް 100 މީޓަރުގެ އުސް އިމާރާތްތަކަކީ އާންމުކޮށް 25-30 ފަންގިވިލާގެ އިމާރާތްތަކެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ގައުމުތައް ރަމްޒުކޮށްދިނުމުގެ ގޮތުން އުސް އިމާރާތްތައް އަޅާފައިވެ އެވެ. ސްރީލަންކާގެ ލޮޓަސް ޓަވަރާއި މެލޭޝިއާގެ ޕެޓްރޯނަސް ޓުވިން ޓަވަރާއި ޔޫއޭއީގެ ބްރުޖް ޚަލީފާ އާއި ސިންގަޕޫރުގެ ގުއޮކޯ ޓަވަރަކީ މިފަދަ ފާހަގަ ކޮށްލެވޭ ލޭންޑްމާކުތަކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside