
ފޭސް 2ގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގެ މަސައްކަތަކަށް މާދަމާ ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ
# ސްޓެލްކޯ--
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފޭސް 2ގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގެ މަސައްކަތަކަށް މާދަމާ އެސަރަހައްދުގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި 16 އެޕްރީލް 2025 (މާދަމާ) ހިޔާގެ ބައެއް ޓަވަރުތަކާއި އެމްޕީއެލްގެ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް 13 އިން އެޗް 16 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ ހެނދުނުގެ 10:00 އިން 11:00 އަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އެމްޕީއެލްގެ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ މެންދުރު 13:20 އިން 15:00 އަށެވެ. މިގަޑިތައް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެކުންފުނިން އިތުރަށް ބުނީ މި މަސައްކަތަކީ އެކުންފުނީން ދެމުންދާ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.
އަދި މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވައި އެކުންފުނިން ވަނީ ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައި އެވެ.
ގުޅުންހުރި

މިއަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު!

ހުޅުމާލޭ އިންޖީނުގޭގައި ތެޔޮ ޓޭންކުތައް ގާއިމްކުރުމުގެ މަޝްރޫއު: ޓޭންކުތަކުގެ ފައުންޑޭޝަން ބީމް ކާސްޓިންގ މަސައްކަތް ނިމިއްޖެ

ހިޔާ ޓަވަރު 6 ގެ ކޮންމެ ފްލެޓަކުން މާދަމާ 30 މިނެޓަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ
