logoEN
Sto top
މިލަންދޫ އިން މިއަދު ފެންނަ ހިތްގައިމު އަދި ހިތްފަސޭހަ މަގުތަކުގެ ހަގީގީ މޭސް ތިރިންނަކީ ހީވާގި މުވައްޒަފުން - އާރްޑީސީ

މިލަންދޫ އިން މިއަދު ފެންނަ ހިތްގައިމު އަދި ހިތްފަސޭހަ މަގުތަކުގެ ހަގީގީ މޭސް ތިރިންނަކީ ހީވާގި މުވައްޒަފުން - އާރްޑީސީ

އަހުމަދު ޝުރާއު

logo

4/16/2025, 5:03:07 PM

# އާރްޑީސީ

--

ށ މިލަންދޫ މަގުތައް ހެދުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން މިއަދު ހާމަކޮށްފި އެވެ.

Wamco

އެމަޝްރޫއުއާއި ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައި އާރްޑީސީން ބުނީ މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ މިނިސްޓްރީން އެކުންފުންޏާއި ހަވާލު ކުރި މަޝްރޫއުގެ މަސައްކަތް ނިންމައި އެމިނިސްޓްރީ އާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން މިލަންދޫގެ ނުވަ މަގަކާއި ދެ ގޯޅިއެއް ހިމެނޭހެން ޖުމްލަ 6.3 ކިލޯ މީޓަރުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އާރްޑީސީން ވަނީ ބުނެފައި އެވެ.

މުޅި މަޝްރޫއު އަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 156،477،632.23 ދިވެހި ރުފިޔާ ޚަރަދު ކުރައްވާފައިވާ ކަމަށް އާރްޑީސީން ވަނީ ހާމަކޮށްފައި އެވެ.

އާރްޑީސީގެ ބަޔާނުގައ އިތުރަށް ބުނީ މިލަންދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ މަގުތަކަކީ ވަރަށް ފެންވަރު ރަނގަޅު އަދި ހިތްގައިމުކޮށް ފަރުމާކޮށްގެން ތަރައްޤީކޮށްފައިވާ ޙިތް ފަސޭހަ މަގުތަކެއް ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތް މިހާ ފުރިހަމައަށް ކުރިއަށް ގެންދެވިފައި ވަނީ މިލަންދޫ ރައްޔިތުންނާއި ރަށު ކައުންސިލާއި ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހިތެރިކަމުގެ ސަބަބުން ކަމަށް އާރްޑީސީން ފާހަގަކޮށްފައިވެއެވެ.

އެކުންފުނީގެ މުވައްޒަފުންގެ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވި މިލަންދޫއަށް ނިސްބަތްވާ ފަންސާހަށްވުރެ ގިނަ މުވައްޒަފުންގެ ހިތްވަރާއި ބުރަ މަސައްކަތް ވެސް އާރްޑީސިން ވަނީ ފާހަގަކޮށްފައި އެވެ. އެގޮތުން މިލަންދޫ އިން މިއަދު ފެންނަ ހިތްގައިމު އަދި ހިތްފަސޭހަ މަގުތަކުގެ ހަގީގީ މޭސް ތިރިންނަކީ އެ މުވައްޒަފުން ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އާރްޑީސީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside