logoEN
Sto top
މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

އަހުމަދު ޝުރާއު

logo

4/15/2025, 5:04:31 PM

# އާރްޑީސީ

--

މ މުލަކުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން ހާމަކޮށްފި އެވެ.

Wamco

އާރްޑީސިން ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މިއަދު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ނޫރާނީ ހިނގުން އަދި އަމީނީމަގުގައި ދުވާރުގެ މަސައްކަތް ކުރެވެމުންދާއިރު އަލިކިލޭގެފާނު މަގުގައި މަގު ކޮނުމާއި ބެކް ފިލިންގގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށެވެ.

އަދި މުޅި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަން އެކުންފުނިން ހާމަކުރެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫއުގައި 6.077 ކިލޯ މީޓރުގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. އަދި ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި ޕޭވްމަންޓް ހެދުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫއުގެ ދަށުން ކުރާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside